އިނގިރޭސިވިލާތުގެ ލަންޑަންގެ ގެޓްވިކް އެއާޕޯޓުން ފެނުގެ ހިދުމަތް ކެނޑި، ފާހާނާތައް ބޭނުން ނުކުރެވި އަދި ގިނަ ރެސްޓޯރެންޓުތަކެއް ބަންދުކުރަން ޖެހިއްޖެއެވެ.
ޢިއްޔެ ހެނދުނު ފެށުނު މި މައްސަލަ ދިމާވީ، އެ ސަރަހައްދަށް ފެން ފޯރުކޮށްދޭ ކުންފުނި، އެސްއީއެސް ވޯޓާގެ ބޯ ބީޗް ވޯޓާ ޓްރީޓްމަންޓް ޕްލާންޓުން ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ ސަބަބުން ކެންޓް އަދި ސަސެކްސް ކައުންޓީގެ ބައެއް ސަރަހައްދުތަކަށްވެސް ވަނީ ފެން ލިބުމުގައި ދަތިތަކާ ކުރިމަތިވެފައެވެ.
ގެޓްވިކް އެއާޕޯޓުގެ ނޯތު އަދި ސައުތު ޓާމިނަލަށްވެސް މި މައްސަލަ ދިމާވެފައިވާއިރު، ފާހާނާތަކާއި ފެން ބޯން ހާއްސަކޮށްފައިވާ އިސްކުރުތަކުން ފެން ނުލިބޭ ކަމަށް ބީބީސީއާއި އެހެނިހެން މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ފެން ނުލިބުމުގެ ސަބަބުން އެއާޕޯޓުގައި ހިންގާ ގިނަ ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދުކޮށްފައިވީ ނަމަވެސް، ފްލައިޓްތަކުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް އެއާޕޯޓުން ބުނެއެވެ.
މިކަމާ ގުޅިގެން ގެޓްވިކް އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ފަސިންޖަރުންނާއި މުވައްޒަފުންނަށް ފުޅީގައި ބަންދުކުރި ފެން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ފަސިންޖަރުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، ބައެއް ފަސިންޖަރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެން ފޯރުކޮށްދިނުމުގެ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިޔަކަށް ނުދެއެވެ.
އެސްއީއެސް ވޯޓާއިން އިއްޔެ މެންދުރުފަހު ނެރުނު އަޕްޑޭޓެއްގައި ބުނެފައިވަނީ، ޓްރީޓްމަންޓް ޕްލާންޓުގެ މައްސަލަ ހައްލުކުރެވި، ޕްލާންޓް އަލުން އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، ފެން ދޫކުރުމުގެ ކުރިން ފެން ސާފުކުރުމުގެ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭތީ، އާންމު ހާލަތަކަށް ފެނުގެ ހިދުމަތް އިއާދަވުމަށް އަދި ވަގުތު ނަގާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
ކޮމެންޓް