އެހެން ސަރުކާރުތަކުން ކުރާނެ ކަމަށް ބުނެ ވާހަކަތައް ދެއްކީ ކަމަށާއި މިސަރުކާރުން އެކަންކަން ކުރަނީ ތަންފީޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވާހަކަ ދައްކާނީ ނަތީޖާއިން ކަމަށެވެ. ރައީސް ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގުތިސޯދީ މައްސަލަތައް ހައްލުކުރެއްވީ ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފައިސާ ޗާޕުނުކޮށް ކަމަށެވެ.
ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދައްކަމުން އިގުތިސޯދު ފުޅާކޮށް ތަރައްގީކުރަމުން، އިގުތިސޯދު ވެއްޓިފައިވާ އަނދަވަޅުން ނަގައި މިނިވަން ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންދާ ކަމަށެވެ.
ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭން ބޭރަށް ގޮސްގެން ކުރަންޖެހޭ ފަރުވާތައް މަދުކުރުމަށް ރާއްޖޭގެ ސިއްހީ ނިޒާމް ވަރުގަދަކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންދާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން އެ ފެންވަރަށް ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވޭޕް މަނާކުރުމާއި ޒުވާނުން ސިގިރޭޓުގެ އަޅުވެތިކަމަށް ދިއުމުގެ ކުރިން ސަލާމަތްކުރުމަށް ޖެނެރޭޝަނަލް ބޭން ގެނެސްފައިވާ ކަން ފާހަގަކުރެއްވި އެވެ.
ރައީސްވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދާކަން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން މަޑުޖެހުމެއް އައި ނަމަވެސް މިހާރު އަލުން ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރުން 590 މަޝްރޫއު ނިންމާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު