ހަތަރު ލޭން ހިމެނޭހެން އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު ހެދުމުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައިލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޭރު މަގު ހަދާ ނިމޭއިރުގެ ޑިޒައިންތައް ފެންނަ ކުރެހުންތަކާއި އެނިމޭޓެޑް ވީޑިއޯއެއް ހިއްސާ ކުރައްވައިފައެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވީ އެ ޑިޒައިންތަކަކީ ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމާއި އެސަރަހައްދުގެ ބަނދަރުތަރައްގީ ކުރުމުގެ އިތުރު ފޭސްތައް ކަމަށެވެ. އެގޮތުން އެ ހުރިހާ މަސައްކަތްތަކާއި އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަދައި ނިމޭނެ ކަމަށެވެ.
https://x.com/MMuizzu/status/2080970757950304363
ރައީސް ހިއްސާކުރެއްވި ޑިޒައިންތަކުގައި ވަނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު ހެދުމަށް ނިންމާފައިވާ ގޮތުގެ ރަމްޒީ މަންޒަރެވެ. ޑިޒައިންތަކުން ފެންނަ ގޮތުގައި އިއްޔެ ހުޅުވި ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ބައިވެސް ހެދި ގޮތަށް އެ ސަރަހައްދުތައް ހެދުމަށެވެ.
އެގޮތުން ހަތަރު ލޭނަށް ބޮޑުކޮށް ފުޅާކޮށް އެ ސަރަހައްދު ވެސް ހެދުމަށް ނިންމާފައިވާ އިރު، އެ ބައި ވެސް ހަދަން ނިންމާފައިވަނީ ދިވެހި ރުއް އިންދައި ގަސްތަކުން ޒީނަތްތެރި ކުރާ ގޮތަށެވެ.
އޭގެ އިތުރުން ބަނދަރު ސަރަހައްދަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފައެވެ. އެގޮތުން އެމްއެމްއޭ ކުރިމަތީ ލޯންޗު އަޅަން އޮންނަ ސަރަހައްދުގައި އަރައި ފައިބަން ތިން ފާލަމެއް ހަދަން ނިންމާފައިވެއެވެ. އަދި އެ ފާލަންތައް ހަދަނީ ދެ ފަރާތުން ވެސް އުޅަނދުފަހަރު ކައިރި ކުރެވޭ ގޮތަކަށެވެ.
އެމްއެމްއޭ ކުރިމަތީ އޮންނަ ޖެޓީ މަތިން ފެންނަ ޑިޒައިން--އެގޮތުން ވީޑިއޯތަކުން ފެންނަ ގޮތުގައި އެއްފަހަރާ އެ ތިން ފާލަމުގެ ދެ ފަރާތުގައި 30 އުޅަނދަށް ކައިރި ކުރެވޭނެއެވެ.
މީގެ އިތުރުން މަސްވެރިން ޕާކުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮންނަ ސަރަހައްދުގައި ވެސް ތިން ފާލަން ގާއިމް ކުރަން ވަނީ ނިންމައިފައެވެ. ދެ ފަރާތުގައި އުޅަނދު އެޅޭ ގޮތަށް ހަދާ އެ ފާލަންތަކުގައި އެއް ވަގުތެއްގައި 18 ލޯންޗު ކައިރި ކުރެވޭނެއެވެ.
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ކޮމެންޓް