މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ހަރަކާތްތަކަށް، މާލޭގެ އިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ފަޅު ހުސްކޮށްދިނުމަށް އެދިއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކަށްޓަކައި، މިއަދުގެ 18:00 އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 00:00 ގެ ނިޔަލަށް އެ ސަރަހައްދުގެ ފަޅު ހުސްކޮށްދިނުމަށް އެދޭ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އިއްޒުއްދީން ފާލަމުގެ ހުޅަނގުން އޮންނަ ސަރަހައްދަށް ވަދެ ނުކުމެވާ އުޅަނދުފަހަރާއި އެ ސަރަހައްދުގައި އަޅާފައިވާ ހުރިހާ އުޅަނދުފަހަރެއް ނެގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުންނާއި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފައެވެ.
އޭގެ އިތުރުން، މީގެ ކުރިންވެސް އެފަދަ ކަންކަމުގައި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ދޭ ތަރުހީބާއި އެއްބާރުލުން ފާހަގަކޮށް، ކައުންސިލުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ފާތިމަތު ލިއުޝާ
ޖުމުހޫރީ މައިދާން
ޖުމުހޫރީ މައިދާން
ޖުމުހޫރީ މައިދާން
ކޮމެންޓް