ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު 100 ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ. މިއީ މިދިޔަ މެއި މަހަށް ފަހު ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ޖެހިޖެހިގެން ފަސް ދުވަސް ވަންދެން ތެލުގެ އަގު އުފުލެމުން ގޮސް، ސާފުނުކުރާ ތެޔޮ ފީފާއެއްްގެ އަގު ވަނީ 100 ޑޮލަރު ހުރަސްކޮށްފައެވެ. އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު ވަނީ 90 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ. މި ބަދަލު އައިސްފައިވަނީ ޔަމަނުގެ ހޫތީ ޖަމާއަތުން ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.
ހޫތީން ބުނި ގޮތުގައި، “އެންސެލިއާ” އަދި “ލޭލާ” ނަމަކަށް ކިޔާ ދެ ޓޭންކަރަށް ހަމަލާދިނީ އެ ޖަމާއަތުން ސައުދީއާ ދެކޮޅަށް އިއުލާނުކޮށްފައިވާ ކަނޑުމަގުގެ ބްލޮކޭޑާ ހިލާފުވުމުންނެވެ. ސައުދީގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ތެރެއިން އެއް ބޯޓުގައި ރޯވި ނަމަވެސް، ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހަކަތައާ ބެހޭ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވުމުގެ ސަބަބުން ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް، ގޯލްޑްމަން ސެކްސް އިން ލަފާކުރާ ގޮތުގައި، ހޯރމޫޒް ކަނޑުއޮޅިއާއި ބާބުލް މަންދަބް ކަނޑުއޮޅީގެ ދަތުރުފަތުރަށް ދިމާވެފައިވާ ހުރަސްތައް މިގޮތަށް ދެމިއޮންނަނަމަ، މިއަހަރުގެ ފަހު ކުއާޓަރުގައި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.
މި ހަމަލާތަކާ ގުޅިގެން އޭޝިއާގެ ބައެއް ކުންފުނިތަކުން ދަނީ ރަތް ކަނޑުގެ ބަދަލުގައި އެފްރިކާ ބައްރު ވަށައިގެން ދަތުރުކުރާނެ ގޮތްތަކާ މެދު ސައުދީ އަރާމްކޯއާއެކު މަޝްވަރާކުރަމުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މަތީ ގައުލީމު
ބޭރު ކުޅިވަރު
ބާސްކެޓްބޯޅަ
ނޫސްވެރިކަން
ކޮމެންޓް