ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑު މެންބަރުންގެ ގޮތުގައި މިއަދު އާ ބޭފުޅުންތަކެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އައްޔަންކޮށްފިއެވެ.
ޕީސީބީން މިއަދު ބޯޑު މެންބަރުން އައްޔަންކޮށްފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަށެވެ.
މިފްކޯގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ ސ. ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީއެވެ. އެމްއެފްއެމްސީގެ ބޯޑަށް އައްޔަންކުރެއްވީ ހއ. ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު އެވެ. އަދި ބީސީސީގެ ބޯޑު މެންބަރުކަމަށް އައްޔަންކުރައްވާފައިވަނީ ސ. ހިތަދޫ، މީނާޒް، އީނާސް ނަސީރެވެ.
ސަރުކާރުން މިހާރު އަންނަނީ ސަރުކާރުގެ ކުންފުނިތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ 33 ޕަސަންޓް މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހިމެނެއެވެ.
މުހައްމަދު އިޝާން
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ކޮމެންޓް