ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ބުނީ ޑީޖީޖީ އާއި ޒީރޯ ޕޮއިންޓް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދާނީ މި ޖުލައި މަހުގެ 24 އާއި 25 ގައި ހުޅުމާލޭގައި ހުންނަ ޒީރޯ ޕޮއިންޓް ގޭމިން ކެފޭގައި ކަމަށެވެ. މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅައިފައެވެ. މި މުބާރާތުގެ ޕްރިމިއަމް ޕަރޓްނަރަކީ މިނީސޯ، އަދި އެލީޓް ޕަރޓްނަރަކީ ވިލާ މާޓެވެ.
ދިރާގުން ބުނީ އެއްވެސް ފީއަކާ ނުލައި، ކޮންމެ ސްކިލް ލެވެލްއެއްގެ ގޭމް ކުޅުންތެރިންނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވައިލައިފައިވާ މި މުބާރާތުގައި ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެ ކަމަށެވެ.
ރޮކެޓް ލީގުގެ އިތުރުން، މި އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލޭ ކުޅެވޭނެ ތަފާތު އިތުރު ގޭމުތައް ވެސް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ރޭސިންގ ސިމިއުލޭޝަން، ވީއާރް ގޭމްސް، އެފްސީ 26 އަދި ޓެކެން ފަދަ ގޭމުތައް ހިމެނޭނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ. މިއީ ގޭމް ކުޅުންތެރިންނާއި، ކުޅުންތެރިންގެ އާއިލާއާއި ރައްޓެހިންގެ އިތުރުން މުބާރާތް ބަލަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ފޯރިގަދަ އަދި މަޖާ އިވެންޓަކަށް ވެގެންދާނެއެވެ.
ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.
އާއިޝަތު މާހާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް