ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ އެންމެ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ހާއްސަ އިވެންޓުގައި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކަމުގައިވާ ކ. މާލެއަށް އުފަން މުހައްމަދު ޔޫސުފަށް ވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ހަވާލުކޮށްފައިވާ ކަމަށެވެ.
މި އަގު ހުރި އިނާމު ހަވާލުކުރުމަށް ބޭއްވި އިވެންޓުގައި، ޔޫސުފްއަށް ބޯޓު ހަވާލުކޮށްދެއްވައިފައި ވަނީ ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދެވެ.
މި އަގުހުރި އިނާމު ލިބުނުކަން އެނގުމުން ކުރެވުނު އިހުސާސްތައް ހިއްސާކުރަމުން ޔޫސުފް ބުނީ، މިއީ އޭނާއަށާއި އޭނާގެ އާއިލާއަށް ލިބުނު ނުހަނު އުފާވެރި ހަބަރެއް ކަމަށެވެ. ޔޫސުފަކީ ރާއްޖޭގައި ފިކްސްޑްލައިން ޓެލެފޯނުގެ ހިދުމަތްތައް ބޭނުންކުރަން ފެށި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި ދިރާގުގެ ހިދުމަތްތައް ބޭނުން ކުރަމުން އަންނަ ލޯޔަލް ކަސްޓަމަރެކެވެ.
މި ގޮތުން އޭނާ ދިރާގު މޯބައިލްގެ ހިދުމަތް ބޭނުންކުރާތާ މިހާރު 28 އަހަރު ވެފައިވާ އިރު، މިފަދަ އަގު ހުރި އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން ފަހިކޮށްދިނީތީ އެ ކުންފުންޏަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނަކީ އެ ކުންފުނީގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތައް ބޭނުންކުރަމުންދާ އަދި އަލަށް ގުޅުނު ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، މިއީ ގިނަ ބައެއްގެ މެދުގައި ފޯރި އުފެދިގެންދިޔަ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގެ ދަށުން ދީފައިވާ ދެ ސްޕީޑްބޯޓުގެ ތެރެއިން ފުރަތަމަ ސްޕީޑްބޯޓުގެ ލިބިފައިވަނީ އަބްދުﷲ ސައީދަށެވެ.
ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.
އާއިޝަތު މާހާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް