ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، އަމްޖަދު މުސްތަފާ އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއަދު ހެނދުނު އަމްޖަދު ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ. މަގާމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އަދި އަމްޖަދަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އަމްޖަދު ވަނީ ޝަރީއާއިން ލޯ އިން ބެޗްލާސް ޑިގްރީ އާއި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވައިފައެވެ. އަދި އޭނާއަކީ ގާނޫނީ ދާއިރާއިންނާއި އާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ، އަމްޖަދު ވަނީ، 2020 ވަނަ އަހަރު ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވައިފައެވެ.
އާއިޝަތު މާހާ
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ކޮމެންޓް