ސްކޫލް ބަންދާ ދިމާކޮށް، މި މަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ޝަހީމް ވިދާޅުވީ ތަފާތު އެކި ޖަމާއަތްތަކާއި އަމިއްލަ ގޮތުން އުމްރާއަށް ގޮސް އުޅޭ ދިވެހިންގެ އަދަދު 4،000 އިން މައްޗަށް އަރާފައިވާ ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކުގެ ހާލުވެސް ރަނގަޅުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ބަންދު ދުވަސްތަކާ ދިމާކޮށް އުމްރާއަށް ދާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ ސްކޫލު ބަންދުގައިވެސް 7،000 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކޮށްފައިވެއެވެ. މިފަހަރުވެސް ގިނަ ބަޔަކު ގޮސްފައިވަނީ އަމިއްލަ ގްރޫޕުތަކާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
އުމްރާވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާވަމުންދާއިރު، މައްކާއާއި މަދީނާއާ ދެމެދު ދަތުރުކުރާ ހައި-ސްޕީޑް ރޭލުގެ ހިދުމަތާއި، ސައޫދީގައި ތިބޭ ދުވަސްވަރު ދިވެހި ކެއުންތައް ލިބޭނެ އިންތިޒާމު މިހާރު ގްރޫޕުތަކުން ހަމަޖައްސައިދެއެވެ. މީގެ އިތުރުން ސިއްހީ ހިދުމަތާއި ކުޑަކުދިންނަށް ބާއްވާ ދީނީ ހަރަކާތްތަކަކީވެސް މިހާރު އުމްރާ ދަތުރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް