މި މަހު 5 އިން 11 އަށް މާލެ ޕޮލިސްއަށް ހުށަހެޅި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 838,434 ރުފިޔާގެ މުދަލުގެ ތެރެއިން 826,730 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއީ ރިޕޯޓްކުރެވުނު ގެއްލުމުގެ 98 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.
އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އެގޮތުން 407،553 ރުފިޔާގެ މައްސަލަ އެތަނަށް ވަނީ ހުށަހަޅައިފައެވެ. އަދި އެއިން 396،888 ރުފިޔާ ވަނީ ހޯދައިފައެވެ.
ފުލުހުން ބުނީ މިއީ މައްސަލަތައް ތަހުގީގުކޮށް، ގެއްލޭ މުދާ ހޯދައި، އޭގެ ހައްގުވެރިންނަށް އެތަކެތި ރައްދުކޮށްދިނުމުގައި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އާއިޝަތު މާހާ
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ކޮމެންޓް