ސިހުރު ހެދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ށ. ފޭދޫ ހުދުވެލި 63 އަހަރުގެ މޫސާ ނައީމެވެ.

އޭމާ ހައްޔަރު ކުރީ ސިހުރު ހެދުމާއި ސިހުރު ހދަން ބޭނުންކުރާ އާލާތްތައް ގެންގުޅުމުގެ ތުހުމަތުގައެވެ.

އޭނާގެ 15 ދުވަހަށް ޖަލު ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، އޭނާ ކުށް ކުރި ކަމަށް ކޮންމެ ވެސް މިންވަރަކަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަަމަށް ބުނެއެވެ.

އެގޮތުން ކޯޓަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓުގެ އިތުރުން ފޮޓޯ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

އެހެންކަމުން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ، ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.