ހދ. ކުޅުދުއްފުށީގަައި ސިހުރުގެ މައްސަލަ ބޮޑުވެ، އެ ރަށުގައި ފުލުހުން ފެށި ބޮޑު އޮޕަރޭޝަންގައި އަށް ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކުޅުދުއްފުށީގައި މިއަދު ފުލުހުން ފެށި އޮޕަރޭޝަންގައި 10 ގެއެއް ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން ބުނީ، ބަލައި ފާސްކުރި 10 ގޭގެ ތެރެއިން އަށް ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި ފޮތާއި ސިހުރު ހެދުމަށް ބޭނުންކުރާ ކަހަލަ އާލާތްތައް ފެނިގެން އެ ތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މި އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނޭނގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު