ޑައުންޓައުން ދުބާއީގައި ގޮވުންތަކެއް ގޮވިކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓުތައް ދުބާއީ ސަރުކާރުގެ މީޑިއާ އޮފީސް (ގަވަރންމަންޓް އޮފް ދުބާއީ މީޑިއާ އޮފީސް - ޖީޑީއެމްއޯ) އިން އިއްޔެ ދޮގުކޮށްފިއެވެ.
ރޮއިޓާސްއާ ހަވާލާދީ ފަތުރާފައިވާ މި ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއްކަމަށް ޖީޑީއެމްއޯއިން ވަނީ ބުނެފައެވެ. އެ ސަރަހައްދުގައި އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާކަމަށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓުތައް ފެތުރެން ފަށާފައިވަނީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން، ޔަގީން ނުކުރެވޭ މައުލޫމާތާއި ދޮގު ހަބަރު ފަތުރާ މީޑިއާތަކާ މެދު ދުބާއީ އަދި އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ ގާނޫނުތަކުގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޖީޑީއެމްއޯއިން ވަނީ ދީފައެވެ. ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމުގެ ގޮތުން، ހާދިސާތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި ހަމައެކަނި ސަރުކާރުގެ ރަސްމީ އިދާރާތަކަށް ބަރޯސާވުމަށް އެ އޮފީހުން ވަނީ އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ރޮއިޓާސްއިން ފަހުން ވަނީ އެ އިދާރާއިން ޝާއިއުކުރި ރިޕޯޓު އަނބުރާ ގެންގޮސްފައެވެ. އަދި އެ ސަރަހައްދުގައި އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ދުބާއީ
ދުބާއީ
ދުބާއީ
ދުބާއީ
ކޮމެންޓް