ދިރާގުން ކުރިއަށްގެންދާ "ފޯރި ލަކީ ޑްރޯ" ޕްރޮމޯޝަންގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން 65 އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީއެއް ކާމިޔާބުކުރުމުގެ ފުރުސަތު ދިރާގުގެ ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.
ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް، ފައިބާ ބްރޯޑްބޭންޑް އަދި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮމޯޝަނުގެ ދަށުން ފުޓްބޯޅަ މޫސުމުގެ ކޮންމެ ރައުންޑެއް ނިމުމަށް ފަހު ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި 32 ވަނަ ރައުންޑްގައި 32 ނަސީބުވެރިއަކަށް 100 ޖީބީ ޑޭޓާ، 16 ވަނަ ރައުންޑްގައި 16 ނަސީބުވެރިއަކަށް ޖޭބީއެލް ޓިއުން 730ބީޓީ ހެޑްފޯން، ކުއާޓާ ފައިނަލްގައި 8 ނަސީބުވެރިއަކަށް ޖޭބީއެލް ކްލިޕް ފަސް ސްޕީކަރު، ސެމީ ފައިނަލްގައި ހަތަރު ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން އަދި ފައިނަލްގައި އެއް ނަސީބުވެރިއަކަށް 65 އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީއެއް ހިމެނެއެވެ.
މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވައިލައިފައެވެ. ދިރާގުއެޕްގައިވާ "ޖެހީ ލިބުނީ" އިން ސަޕޯޓްކުރާ ޓީމެއް އިހްތިޔާރުކުރުމަށް ފަހު، ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ އާ ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 100 ރުފިޔާ އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓާއެއް އެކްޓިވޭޓް ކޮށްގެން ބައިވެރިވެވޭއިރު، ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖް އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި، ޑިޖިޓަލް ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް "ފޯރި ލަކީ ޑްރޯ" ގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ދަނީ މިފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މިކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
ފޯރި ލަކީޑްރޯއާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް