ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ޗުއްޓީ މިއަދު ފަށައިފިއެވެ.

މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި މިއަދު ވަނީ ހުރިހާ ދަރިވަރުންނަށްވެސް ރިޕޯޓު ފޮތް ހަވާލުކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުންފެށީ ޖެނުއަރީ 27 ގައެވެ. ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ 16 ދުވަހަށް ފަހު އޮގަސްޓް ދޭއްގައެވެ.

މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ 25 ދުވަހަށެވެ. އެއީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 12އަށެވެ.

16 ޖުލައި 2026: ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ޗުއްޓީ ފެށުން --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

މިއަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 218 އެއްހާ ސްކޫލުގައި 77000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލްކުރަމުންނެވެ. މިއަހަރު ގްރޭޑް އެކަކަށް އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެއީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް 1748 ދަރިވަރުންނާއި އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް އެކަކަށް 3042 ދަރިވަރަކަށެވެ. އޭގެ އިތުރުން ދިރާސީ އަހަރުގެ ކިޔެވުމާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގްރޭޑް އެކަކުން 10އަކަށްވަނީ ދާއިމީ އިތުރު ސްކޫލެއް ހުޅުވާފައެވެ. އެ ސްކޫލުން 1900އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަދީފައިވެއެވެ.