އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އަސްކަރީ ފިޔަވަޅެއް އެޅުމުގެ ކުރިން، ޑިޕްލޮމެޓިކް މަޝްވަރާތަކަށް އިސްކަންދެއްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
އެންބީސީގެ “މީޓް ދަ ޕްރެސް” ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން މަސައްކަތްކުރަނީ ސުލްހަވެރި ހައްލެއް ހޯދުމަށެވެ. ނަމަވެސް އީރާނުން އެއްބަސްވުންތަކާ ހިލާފުވެއްޖެނަމަ، އަސްކަރީ ބާރުގެ ބޭނުންކުރަން އެމެރިކާއިން ފަސްނުޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ވެވޭ އެއްބަސްވުންތަކާ އީރާނޫން ހިލާފުވާ ހާލަތްތަކުގައި ބާރުގެ ބޭނުންކުރަން ޓްރަމްޕް ފަސްޖެހިވަޑައިނުގަންނަވާނެ. އާންމުގޮތެއްގައި އީރާނުން އެއްބަސްވުމެއްވާތާ މަދު ގަޑިއިރުކޮޅެއް ނުވަތަ މިނެޓުކޮޅެއްގެ ތެރޭގައި އެއާ ހިލާފުވޭ،” ނަތަންޔާހޫ ވިދާޅުވިއެވެ. އެހެންކަމުން، ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމަށް ޓްރަމްޕަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ގަބޫލުކުރައްވައެވެ.
މީގެ އިތުރުން، އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބުނަނުދިނުމަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ނަތަންޔާހޫ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދާދިފަހުން ދެ ގައުމު ގުޅިގެން ހިންގި “މިޑްނައިޓް ހެމަރ” އަދި “އެޕިކް ފިއުރީ” އޮޕަރޭޝަންތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖައްސައިލެވިފައެވެ. އަދި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ކިހާ ގާތަށް ގޮސްފައިވާކަން ގިނަ ބަޔަކަށް ނޭނގޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަތަންޔާހޫ މިފަދައިން ވިދާޅުވެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އަނެއްކާވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން އާދީއްތަ ދުވަހު ވަނީ އީރާނުގެ އަސްކަރީ 140 އަމާޒަކަށް ހަމަލާދީފައެވެ. މީގެ ތެރޭގައި އީރާނުގެ މިސައިލް އަދި ޑްރޯން ފެސިލިޓީތަކާއި، ހަތިޔާރު ރައްކާކުރާ ގުދަންތައް ހިމެނެއެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް