ގަތަރުގެ ކުރީގެ އަމީރު، ޝައިހް ހަމަދު ބިން ހަލީފާ އަލްސާނީ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިިފިއެވެ.
އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝައިހް ހަމަދު އަވަހާރަވިކަމުގެ ހިތާމަވެރި ހަބަރު އަޑުއެހީ ފުން އަސަރާއެކު ކަމަށެވެ.
އެމަނިކުފާނަކީ ދުރުވިސްނޭ ލީޑަރެއް ކަމަށާއި އަދި އެއީ ގަތަރުގެ ތަރައްގީ އާއި ކުރިއެރުމަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
"ލޮބުވެތި ބައްޕާފުޅު ވަކިވެދިއުމުގެ މި ހިތާމަވެރި ދަނޑިވަޅުގައި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލްސާނީ އަށާއި، ޝާހީ އާއިލާއަށާއި، ގަތަރުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް އިހްލާސްތެރި ތއުޒިޔާ ރައްދުކުރަމެވެ." ރައީސް ވިދާޅުވިއެވެ.
ޝައިހް ހަމަދު އަވަހާރަވެފައިވަނީ އުމުރުން 74 އަހަރުގައި މިއަދު ހެނދުނުއެވެ. އެމަނިކުފާނު ގަތަރުގައި ވެރިކަން ކުރައްވާފައިވަނީ 1995 އިން ފެށިގެން 2013އާ ހަމައަށެވެ.
ޝައިހް ހަމަދު ވަނީ އަލްޖަޒީރާ ޓީވީ ނެޓްވޯކް އުފެއްދެވުމާއި، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ކުރި މަސައްކަތުގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ގަތަރުގެ ނަން އުފުއްލަވައިދެއްވާފައެވެ. އެމަނިކުފާނުގެ 18 އަހަރުވީ ވެރިކަމުގައި، 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސް، 2012 ވަނަ އަހަރުގެ އދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް، ދޯހާ އެގްރީމަންޓް އަދި ފަތަހަ-ހަމާސް ދޯހާ އެގްރީމަންޓް ހިމެނޭހެން ބައިނަލްއަގުވާމީ ބޮޑެތި ހަރަކާތްތަކެއް އެ ގައުމުގައި ބާއްވާފައިވެއެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް