މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މުސާރަ އާއި ޕެންޝަނަށް ކުރި ހަރަދު އަށް ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މުސާރަ އާއި އުޖޫރައަށް ޖުމްލަ 3.7 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 13.9 އިންސައްތަ އިތުރު އަދަދެކެވެ.
ފިނޭންސްގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި މުވައްޒަފުންގެ މުސާރައިގެ ތެރެއިން އެލަވަންސަށް 3.1 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.
އަދި މުވައްޒަފުންނަށް ކުރާ ހޭދައިގެ ތެރެއިން ރިޓަޔާކުރާ މީހުންނަށް ދޭ އިނާޔަތްތަކަށް 389.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކުޅިވަރު
ދުނިޔެ
ކޮމެންޓް