ދިރާގުގެ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ އެންމެ ފަހު ނަސީބުވެރިޔަކަށް ކ. މާލެ، މުހައްމަދު ޔޫސުފް ހޮވިއްޖެއެވެ.
ދިރާގުން މިއަދު ބުނީ މި ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ބޯޓުގެ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތުލުން ބާއްވާފައިވަނީ މިއަދު އާޓިފިޝަލް ބީޗުގައި ކަމަށެވެ.
ދިރާގުގެ މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން މުހައްމަދު ޔޫސުފަށް ލިބިފައިވަނީ 250 ހޯސްޕަވަރުގެ ޔަމަހާ އިންޖީނެއް އަޅާފައިވާ، އަލް ޝާލީ މެރިންގެ ކެނެރީ 28 މޮޑެލްގެ ޒަމާނީ ސްޕޯޓްސް ސްޕީޑްބޯޓެއްކަމަށް ދިރާގުން ބުންޏެވެ.
ގުރުއަތުލުމުގެ މަރުހަލާ ކުރިއަށްދިޔަ ގޮތް އިންސާފުވެރިކަމާއެކު ބެލެހެއްޓުމަށްޓަކައި، އެކަމަށް ހާއްސަ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސްއިން ހަރަކާތްތެރިވެފައިވާނެކަމަށް ދިރާގުން ބުންޏެވެ. މިއީ މި ޕްރޮމޯޝަންގެ ހާމަކަން ބޮޑުކުރުމަށް ކުރި މަސައްކަތެއްކަމަށް ދިރާގުން ބުންޏެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި މި އިވެންޓަކީ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ކުރިއަށްދިޔަ ފޯރިގަދަ ހަފުލާއެކެވެ. އެގޮތުން އެކަތި ބޮޑުބެރު ގްރޫޕާއި މަޝްހޫރު ލަވަކިއުންތެރިޔާ ސަމީއުގެ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފައެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި އިވެންޓް ޓީވީއެމް، އެސްއެސްޓީވީ އަދި ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ދައްކާފައިވެއެވެ.
ދިރާގުން ބުނީ މިފަދަ އަގުހުރި ޕްރޮމޯޝަންތަކަކީ ކަސްޓަމަރުންނަށް ދޭ ހަދިޔާއެއްގެ އިތުރުން، ދިރާގުގެ ޑިޖިޓަލް ހިދުމަތްތަކާ އެކު ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް