ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފިލްމު ފްރެންޗައިޒް "ވެލްކަމް" ގެ ހަތަރުވަނަ ފިލްމު އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ޑައިރެކްޓަރު އަހުމަދު ހާން ބުނެފިއެވެ.
އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނި ގޮތުގައި، ދެން އެންމެ އަވަހަށް ފަށާނީ "ވެލްކަމް 4" ގެ މަސައްކަތެވެ. މިއީ ދާދި ފަހުން ރިލީޒްކުރި ފްރެންޗައިޒްގެ ތިންވަނަ ފިލްމު ކަމަށްވާ "ވެލްކަމް ޓު ދަ ޖަންގަލް" އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އެ ފިލްމުން ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ.
މި ކާމިޔާބީއާއެކު ފްރެންޗައިޒް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އޭނާގެ ދަރިފުޅު އަޒާން ހާން ފިލްމީ ދާއިރާއަށް ތައާރަފުކުރާނެ ކަމަށް ވެސް އަހުމަދު ހާން ވަނީ ބުނެފައެވެ. އުމުރުން 25 އަހަރުގެ އަޒާން ފިލްމީ ދާއިރާއަށް ނެރުމަކީ މިވަގުތު އޭނާގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ވެސް ބުންޏެވެ.
"ވެލްކަމް 4" ގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރުން ކަމަށްވާ ފިރޯޒް ނަޑިއާޑްވާލާ އަދި ސާޖިދު ނަޑިއާޑްވާލާއާއެކު ވެސް އާ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަހުމަދު ހާން ބުންޏެވެ.
އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "ވެލްކަމް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން 2015 ގައި "ވެލްކަމް ބެކް" ނެރުނުއިރު، ތިންވަނަ ފިލްމު، "ވެލްކަމް ޓު ދަ ޖަންގަލް" އަކީ ގިނަ ތަރިންތަކެއް ހިމެނޭ ގޮތަށް އުފައްދާފައިވާ ފިލްމެކެވެ. ހަތަރުވަނަ ފިލްމުގެ ކާސްޓާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
ކޮމެންޓް