އީރާނުން ހޮރުމުޒް ކަނޑުއޮޅީގައި ސައުދީ އަރަބިއްޔާގެ ތެޔޯ ޓޭންކަރެއް ކަމަށްވާ "ވޭޑިޔަން" އަށް ދިން ކަމަށް ބުނާ ހަމަލާ، އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އިން ރަސްމީކޮށް ކުށްވެރިކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މިއީ ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުއޮޅީގެ ހަމަޖެހުން ނަގައިލުމަށް އަމާޒުކޮށްގެން ހިންގި ނުރައްކާތެރި އަމަލެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސައުދީ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ހަމަލާގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ އީރާނުންނެވެ.
ސަރަހައްދީ ސަލާމަތީ ކަންކަން ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން މެދުއިރުމަތީގެ ކަނޑުގެ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
މި ހަމަލާއާ ގުޅިގެން "ވޭޑިޔަން" ޓޭންކަރަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ސައުދީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ދީފައިވާ ތެލުގެ ބައެއް ލުއިތައް ބާތިލުކޮށްފައެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް