އެލައިޑް އިންޝުރަންސްއާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓް (ސީއޭ މޯލްޑިވްސް)އާ ދެމެދު މެމޮރަންޑަމް އޮފް އަންޑާސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އެލައިޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެލައިޑުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ފައިނެންޝަލް އޮފިސާ އާދަމް އާތިފްއެވެ. ސީއޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދަކަވަމުން އާތިފް ވިދާޅުވީ އެ އެއްބަސްވުމަކީ ވަރަށް ގިނަ ދާއިރާތަަކުން އެކީގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ގާއިމުކުރި އެއްބަސްވުމެއް ކަމަށެވެ.

"އެމްއޯޔޫގެ އިތުރުން، އިންޝުއަރަންސް ކުންފުންޏަކަށްވާތީ ސީއޭ މޯލްޑިވްސްއަށްވެސް އޮފާސްތަކަކާ އެއްކޮށް ސީއޭ މެންބާސްތަކަށް، ލައިސަންސިންއަށް ބޭނުންވާ ޕީއައި ކަވާ އެލައިޑް ތަކަފުލްއިން ކޮންސިޝެނަލް ޑޭޓްސް އަކެއްގައި އޮފާކުރަން އެއްބަސްވަނީ. އޭގެ އިތުރުން ސީއައި މޯލްޑިވްސްގެ މެންބަރުންނަށް، ހެލްތް އިންޝުއަރަންސް ގްރޫޕްތަކެއްގެ ގޮތުގައި ކްރިއޭޓްކޮށްގެން ސްޕެޝަލް ރޭޓްސްތަކެއްގައި އޮފާކުރަންވެސް މި އެމްއޯޔޫގައި އެއްބަސްވަން." އާތިފް ވިދާޅުވިއެވެ.

8 ޖުލައި 2026: އެލައިޑްއާއި ސީއޭމޯލްޑިވްސްއާ ދެމެދު އެމްއޯޔޫއެެއްގައި ސޮއިކުރުން --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

މީގެއިތުރުން މިހާރު ރަޖިސްޓްރީ ކޮށްފައިވާ ސީއޭ މެންބަރުންގެ ސަބްސްކްރިޕްޝަން ފީތައް އެލައިޑުން ކަވާކުރާނެ ކަމަށް އާތިފް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އެ އެމްއޯޔޫގެ ދަށުން ހެލްތް އިންޝުރަންސް ކަވާވެގެން ދިއުމަކީ ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.