އަތޮޅުތަކުން މާލެއަށް މުދަލާއި ޕަސިންޖަރުން އުފުލާ އުޅަނދުފަހަރު ބަނދަރުކުރާ މާލޭ އުތުރު ބަނދަރުގެ އޭ-ޒޯނުން އިއްޔެއިން ފެށިގެން ފެނާއި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ބުނި ގޮތުގައި ކުރިން މި ހިދުމަތްތައް ލިބެމުން އައީ ހަމައެކަނި ބީ-ޒޯނާއި ސީ-ޒޯނުންނެވެ.
އެމްޕީއެލުން ބުނީ އޭ-ޒޯނުން މި ހިދުމަތް ފެށީ ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދު ފުޅާކޮށް ނިމުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދުގެ ދަށުންނެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އެ ކުންފުނިން ފަށާފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
މި ހިދުމަތް ފެށުމާއެކު އުތުރު ބަނދަރު ބޭނުންކުރާ އޮޑިދޯނިފަހަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. މިހާރު އެ ޒޯނުން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި އިރު، ފެން ފޯރުކޮށްދިނުމަށްޓަކައި 16 ޕޮއިންޓް އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ އެ މި ބަދަލާއެކު މާލެއަށް މުދާ ގެންނަ ފަރާތްތަކަށާއި ދަތުރުވެރިންނަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އަލީ ޔާމިން
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް