ހ. މީނާޒު ޑރ. ހަލާ ހަމީދު އާއި މ. ރުއްފުށި ޑރ. މަރިޔަމް ޝަބީނާ އަހުމަދު، ދެ ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރުން ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ޝަބީނާގެ ނަން ފާސްކުރީ، ރިޕަބްލިކް އޮފް އިންޑޮނޭޝިއާއަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށެވެ. ހާލާގެ ނަން ފާސްކުރީ، ސައުތު އެފްރިކާއަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށެވެ.

ޝަބީނާ މިހާރު ހުންނެވީ މެލޭޝިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައެވެ. އަދި ހާލާ ހުންނެވީ، ފަލަސްތީނަށް ކަނޑާއަޅާފައި ހުނެވި ސަފީރުގެ ގޮތުގައެވެ.

މީގެ އިތުރުން ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ގދ. ތިނަދޫ ގުލްޒާރުގެ އާމިނަތު އަބްދުﷲ އައްޔަންކުރެއްވުމަށާއި، މޮރިޓޭނިޔާ އާއި ކެންޔާއަށް ރައްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ހ. އަތިރީގެ އަމީން ޖާވީދު ފައިސަލް އައްޔަންވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.