ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން މަގާމުތަކެއް ކަނޑައަޅައި، އެ ފަރާތްތަކަށް ވަޒީފާ ދޭންޖެހޭ ގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ގެނަ އެ އިސްލާހު ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ރޭ ވަނީ ގެޒެޓްކޮށްފައެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މަގާމުތައް ސިވިލް ސާވިސްގެ އިދާރާތަކުން ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދި ސަރުކާރު ކުންފުނިތަކުން އެ ފަރާތްތަކަށް ހާއްސަ މަގާމުތައް ކަނޑައަޅާނީ ކުންފުނީގެ ބޯޑުން ނުވަތަ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
އެ އިސްލާހުގައިވާ ގޮތުން އަމިއްލަ ކުންފުނިތަކުންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސަން ޖެހޭނީ މި އުސޫލުގެ ދަށުންނެވެ.
އަދި މި ފަރާތްތަކަށް ހާއްސަކުރާ ވަޒީފާތަކަށް އިއުލާނުކުރާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކާ އިއުލާނު ހިއްސާކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި އިއުލާނު އާންމުކުރަން ޖެހޭނެ އެވެ.
މި އިސްލާހަށް އަމަލުކުރަން ނިންމާފައިވަނީ އިސްލާހު ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ.
އާއިޝަތު މާހާ
ކުޅިވަރު
ބޭރު ކުޅިވަރު
ހުނަރު
ކޮމެންޓް