މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ރަހުނުކޮށްފައިވާ މއ. ކުދިމަގޫގެ، ލޯނު ފައިސާ ނުދެއްކުމުގެ ސަބަބުން ނީލަމުގައި ވިއްކާލަން އެ ބޭންކުން ނިންމައިފިއެވެ.
ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން ވިއްކާލުމަށް އިއުލާންކޮށްފައިވާ މި ގޯއްޗަކީ 830 އަކަފޫޓުގެ ބިމެކެވެ. މި ނީލަން ފެށުމަށް ހަމަޖެހިފައިވާ އެންމެ ދަށް އަގަކީ 12.15 މިލިއަން ރުފިޔާއެވެ.
އެމްއައިބީން ބުނީ މި ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭއިރު، ބިޑް ސެކިއުރިޓީގެ ނަމޫނާ ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެމްއައިބީން ބުންޏެވެ.
ނީލަމުގެ ސުންގަޑި ހަމަވުމާއެކު، ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ކަނޑައި، އެންމެ މަތީ އަގު އިއުލާނު ކުރާނެކަމަށް އެމްއައިބީން ބުންޏެވެ. އަދި އެ ވަގުތު ތިބި ފަރާތްތަކަށް އަގު އިތުރުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށާއި، ކޮންމެ ފަހަރަކު މަދުވެގެން ފަސް ލައްކަ ރުފިޔާ އަގަށް އިތުރުކުރަން ޖެހޭނެކަމަށް އެމްއައިބީން ބުންޏެވެ.
މި ނީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް [email protected] މެއިލް ކުރުމަށް އެމްއައިބީން ވަނީ އެދިފައެެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އިސްލާމިކް ބޭންކް
މޯލްޑިވްސް އިސްލާމިކް ބޭންކް
މޯލްޑިވްސް އިސްލާމިކް ބޭންކް
މޯލްޑިވްސް އިސްލާމިކް ބޭންކް
ކޮމެންޓް