ޚުލާސާ

ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޕޯޗުގަލާއި ސްޕެއިން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!

އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ނުކުންނަ އިރު، ހުރިހާ ސަމާލުކަމެއް ހުރީ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ސަބަބަކީ، މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕްކަން އޭނާ އިއުލާންކުރުމާ ގުޅިގެންނެވެ.

މުބާރާތާ ކުރިމަތީލީ އިރު، ޕޯޗުގަލްގެ މިޑްފީލްޑަރުންގެ ހުނަރުވެރިކަމަށް ބޮޑު ތައުރީފެއް ލިބުނު ނަމަވެސް، ވިޓީނިއާ އާއި ޖޮއާ ނެވޭސް އަދި ބްރޫނޯ ފެނާންޑޭޒް ފަދަ ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާތީ އެ ކުޅުންތެރިންނާއި ޕޯޗުގަލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ގްރޫޕު ސްޓޭޖުގައި ޕޯޗުގަލުން ޑީއާރް ކޮންގޯ އަދި ކޮލަމްބިއާ އަތުން އެއްވަރުވި އިރު، މޮޅުވީ ހަމައެކަނި އުޒްބެކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ޕޯޗުގަލަށް ގަދަ 16 ގެ ޖާގައެއް ލިބުނީ ގަދަ 32 ގައި ފަހުވަގުތު ކްރޮއޭޝިއާ ބަލިކޮށްގެންނެވެ.

ޕޯޗުގަލްގެ އިތުރުން ސްޕެއިނަކީ ވެސް މި ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ ޓީމެކެވެ. ގްރޫޕު ސްޓޭޖުގައި ކޭޕް ވާޑް އަތުން އެއްވަރުވެ، ސްޕެއިނަށް ފާޑުކިޔުންތަކެއް އަމާޒުވީ ނަމަވެސް، ފަހު ދެ މެޗުގައި ސްޕެއިނުން ވަނީ ވަރުގަދަ ކުޅުމަކާއެކު ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ ބަލިކޮށްފައެވެ. އަދި ސްޕެއިނަށް ގަދަ 16 ގެ ޖާގައެއް ލިބުނީ ގަދަ 32 ގައި ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށްގެންނެވެ.