ގދ. ގައްދޫގެ ބައެއް ފިހާރަތަކުން ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކަމުންދާ މައްސަލަ ފެންމަތިވެއްޖެއެވެ.
އެރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އަގު ކޮންޓްރޯލްކޮށްފައިވާ މުދާ އެއަށްވުރެ ބޮޑު އަގުގައި ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް އެރަށުގެ ބައެއް ފިހާރަތަކުން ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކަމުންދާ ކަމަށެވެ.
އެހެންވެ އެ ފަރާތްތަކުގެ މައުލޫމާތުން ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއަށް ރިޕޯޓް ކުރާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމާ ބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގެ ހ. ށ. އަދި ނ. ގެ ދަށުން އެ ބާވަތްތައް ޕެކެޓްކޮށްގެން ވިއްކި ނަމަވެސް ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގެއްގައި ވިއްކޭނީ ޕެކެޓް ކުރުމަށް ހިނގާ ހަރަދު އިކޮނޮމިކް މިނިސްޓްރީއަށް ލިޔުމަކުން ހުށައަޅައި، އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.
ކޮންޓްރޯލް ކުރެވިފައިވާ ކާޑުގެ ބާވަތްތައް ވިއްކާ ވިޔަފާރިތަކާ މެދު ފުރަތަމަ ފިޔަވަޅަކަށް އަޅާނީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ، އަދި ކުށް ތަކުރާރު ކޮށްފިނަމަ 06 މަސް ދުވަހަށް ފިހާރަ ބަންދު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
އާއިޝަތު މާހާ
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ
ކޮމެންޓް