އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގައި ވަރަށް އަވަހަށް ބައްދަލުކުރައްވަން ނިންމަވައިފި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.
މިކަން އާންމުކޮށްފައިވަނީ އިއްޔެ މި ދެ ބޭފުޅުން ކުރެއްވި ފޯނު ކޯލަކަށް ފަހުގައެވެ. އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ނަތަންޔާހޫ ވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމެރިކާއަކީ ދުނިޔޭގެ މިނިވަންކަން ކަށަވަރުކޮށްދޭ ގައުމު ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިސްރާއީލުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ނަތަންޔާހޫ ވިދާޅުވި ކަމަށް އެ ބަޔާނުގައިވެއެވެ.
މި ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބައްދަލުވުން އޮންނާނީ ވައިޓް ހައުސްގައި ނުވަތަ އަންނަ ސެޕްޓެންބަރު މަހު ނިއު ޔޯކުގައި އޮންނަ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުންތަކުގެ ހަވާސާގައެވެ. މީގެ އިތުރުން، ލުބުނާނުގެ ރައީސް ޖޯސެފް އައުން ވެސް ހަމަ އެ ދުވަސްވަރު ވޮޝިންޓަނަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާއިރު، ޓްރަމްޕް މަސައްކަތްކުރައްވަނީ ނަތަންޔާހޫ އާއި އައުން އެއްތަންކުރުވަން ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
މި ބައްދަލުވުން ބާއްވަން ނިންމާފައިމިވަނީ، އެމެރިކާއާއި އިސްރާއީލާ ދެމެދު ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކާމެދު އިސްރާއީލުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، ލުބުނާނުގައި ހިޒްބުﷲ އާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ޓްރަމްޕް ވަނީ ފަހުގެ ހަފުތާތަކުގައި ފާޅުގައި ނަތަންޔާހޫއަށް ފާޑުވިދާޅުވެފައެވެ.
އީރާނާއެކު އެމެރިކާއިން އެކުލަވާލަން މަސައްކަތްކުރާ އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ދެ ގައުމުގެ ގުޅުމަށް ވަނީ ފިނިކަމެއް އައިސްފައެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް