ދިވެހި ރައްޔިތުންނަށް ހިލޭ ވޯލްޑް ކަޕް 2026 ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ޕީއެސްއެމް މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތުގައި ޕާޓްނަރެއްގެ ގޮތުގައި ސްޓެލްކޯއިން މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް ފައިދާއާއި ލާބަހުރި މިފަދަ އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ޖުމުލަ 48 ޓީމާއެކު މި ވޯލްޑް ކަޕް ކުރިއަށްދާނީ މިރެއިން ފެށިގެން އަންނަ މަހުގެ 19 ގެ ނިޔަލަށެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ