ސްޓެލްކޯގެ ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "އޯގަނައިޒޭޝަނަލް ލީޑާޝިޕް ރެޑިނަސް ޕްރޮގްރާމް" މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ދެ ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މަގުސަދަކީ ކުންފުނީގެ މުސްތަގުބަލަށް ބޭނުންވާ ގާބިލު ލީޑަރުން ބިނާކުރުމެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ ކުންފުނީގެ މަސައްކަތުގެ މާހައުލު ބައްޓަންކުރުމާއި މުވައްޒަފުން ކުރިއެރުވުމުގައި ޔުނިޓް ހެޑުން އަދާކުރާ މުހިންމު ދައުރު އިތުރަށް ހަރުދަނާކުރުމެވެ. އަދި މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދިއުން ވެސް މި ޕްރޮގްރާމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

ސްޓެލްކޯގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ސްޓެލްކޯއިން ގިނަ ޕްރޮގްރާމުތައް ހިންގަމުންދެއެވެ.