މިދިޔަ އަހަރު ނިމުނު އިރު ސްޓެލްކޯއަށް ފައިދާގެ ގޮތުގައި 239 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައިވާ ގޮތުން 2024 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 181 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 30 ޕަސަންޓުގެ އިތުރުވުމެކެވެ.
އޮޑިޓު ރިިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެ އާމްދަނީ ހޯދުމަށް އެ ކުންފުނިން 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ހިންގުމުގެ ހަރަދަށް 392 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ސްޓެލްކޯއިން މިދިޔަ އަހަރުގެ ތެލުގެ ހަރަދަށް 66 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުން ސްޓެލްކޯއިން ރިޓަޔާކުރި މީހުންގެ އިނާޔަތްތަކަށް މިދިޔަ އަހަރު ވަނީ 20 މިލިއަން ރުފިޔާ ދީފައެވެ.
އަލީ ޔާމިން
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ
ކޮމެންޓް