ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލުން މިރޭ ބުނީ އެ ޕްރޮމޯޝަންގެ ދަށުން، ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، އިތުރު މީހަކާއެކު ސިންގަޕޫރުގައި އޮންނަ އެ ރޭސް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެ މުއްދަތުގެ ތެރޭގައި އެމެކްސް ޕްލެޓިނަމް ކާޑުތައް ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށްކަމަށް ބީއެމްއެލުން ބުންޏެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށް ލިބޭ އިނާމުތައް:

  • ފޯމިއުލާ 1 ސިންގަޕޯ ގްރޭންޑް ޕްރީ 2026 ބަލާލުމަށް 3 ދުވަހުގެ އެމެކްސް ސްކައި ސޫޓްގެ 2 ޓިކެޓް
  • ދެ މީހަކަށް ދެކޮޅު ޓިކެޓާއި ހޮޓެލް އެކޮމޮޑޭޝަން

މިއީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި އަގުހުރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޕްރޮމޯޝަނެއްކަމަށް ބީއެމްއެލުން ބުންޏެވެ.