ދިރާގުން ފުޓުބޯޅަ މޫސުމާ ދިމާކޮށް ކުރިއަށްގެންދާ "ޖެހީ ލިބުނީ" ޕްރޮމޯޝަންގައި "ޕެނަލްޓީ ޝޯޑައުން" ގޭމް މެދުވެރިކޮށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އިތުރުކޮށް ހުޅުވައިލައިފިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިރާގު އެޕްގައިވާ "ޖެހީ ލިބުނީ" ބެނަރަށް ފިއްތައިލުމަށް ފަހު ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކުރަން ޖެހެއެވެ. އެއަށް ފަހު އިހުތިޔާރުކުރި ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު 1 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.

ހިލޭ ޑޭޓާގެ އިތުރުން ލަނޑުތަކާއެކު ލިބޭ ޕޮއިންޓުގެ އެހީގައި ލީޑާބޯޑުގެ ކުރިއަށް އެރުމުގެ ފުރުސަތު ލިބެއެވެ. "ޕެނަލްޓީ ޝޯޑައުން" ގޭމް ކުޅެގެން ވެސް ޕޮއިންޓް އިތުރުކުރެވޭނެއެވެ. ޕްރޮމޯޝަން ނިމޭ އިރު ލީޑާބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތަށް ޕީއެސް5 ސްލިމް 1 ޓީބީ، އީއޭ އެފްސީ 26 ބަންޑްލް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165 ހާޒް ކިއުއެޗްޑީ ކާވްޑް މޮނިޓަރެއް ލިބޭނެއެވެ.

"ޖެހީ ލިބުނީ" އަކީ ދިރާގުން މިހާރު ކުރިއަށްގެންދާ "ފޯރިން ގުގުމާލާ" ކެމްޕެއިންގެ ތެރެއިން ހިންގާ ޕްރޮމޯޝަނެކެވެ. މި ކެމްޕެއިނަށް ނަން ދީފައިވަނީ ފުޓުބޯޅަ ބަލަމުންދާ އިރު ސަޕޯޓުކުރާ ޓީމުން ލަނޑެއް ޖެހުމުން ކުރެވޭ ފޯރީގެ އިހުސާސްގެ މައްޗަށެވެ.

ދިރާގުގެ މަގުސަދަކީ މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އާ ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އުފާވެރި ވަގުތުތައް ގެނެސްދިނުމެވެ. ދިރާގުން ދަނީ މިފަދަ ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ.