އިދިކޮޅު އެމްޑީޕީގައި މިއަދު މއޮތް ލީޑާޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އެކަމާ ދެކޮޅުހަދަން ވާނެ ކަމަށް މައްޗަންގޮޅި އުުތުރު ދައިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރަށްވެހިވާން ބޭނުންވާ ރަށުގައި ފަސް އަހަރު ދުވަހު ދިރި ނޫޅުނަސް ރަށްވެހި ވެވޭގޮތަށް، ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ، މުސްލިމު ގައުމެއްގެ މުސްލިމު ރައްޔިތެއްގެ ދައިމީ އައިޑެންޓިޓީ އުވާލުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

"ދިވެހި ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނު" އަށްހުށަޅާފައިވާ އިސްލާހަށް ދެކޮޅު ހައްދަވަމުން އެ މެންބަރު ވިދާޅުވީ، މިކަހަލަ ބަދަލުތައް ރާއްޖެއަށް ގެނައުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ.

އެކަމުގެ ފަހަތުގައި ހުރި ކަންކަން މަޖިލިސް ތެެރެއިން ތަހުގީގު ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިއްޒަތްތެރި އަހުންނަށް، އަޅުގަނޑުގެ ރައްޓެހި ހުރިހާ މެންބަރުންނަށް ދަންނަވާާލާނީ އެމްޑީޕީގައި މިއަދު މި އޮތް ލީޑާޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އެކަމާ އަޅުގަނޑުމެން ވާނެ ދެކޮޅުހަދަން ސަބަބަ އެމީހުންގެ ނިޔަތް ނުބައިކަމުން ،"