ރަސްފަންނު ސަރަހައްދުގެ ފެން ތަކުރާރުކޮށް ނަޖިސްވަމުންދާ ކަމުގެ ޝަކުވާތަކާ ގުޅިގެން، އެ ސަރަހައްދުގެ ފެން ޓެސްޓުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ ރަސްފަންނަކީ ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރެން ބޭނުންކުރާ ތަނަކަށް ވާތީ، އެތަނުގެ ފެން ތަގައްޔަރުވެފައިވާ މިންވަރު ބެލުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި އެ ސަރަހައްދާ މެދު ކައުންސިލުން ވަކި ގޮތެއް ނިންމާނީ ފެން ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށެވެ.
ރަސްފަންނު ބީޗު ނަޖިސްވުމުގެ މައްސަލައަކީ މީގެ ކުރިން ވެސް އެތައް ފަހަރަކު ފެންމަތިވާ މައްސަލައެކެވެ.
2024 ވަނަ އަހަރުވެސް ހެދި ދިރާސާއަކުން އެ ސަރަހައްދުގެ ފެން ތަގައްޔަރުވަމުންދާކަން ހާމަވެފައިވާތީ، އެކަމުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާވެދާނެތީ ބައެއް ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މުހައްމަދު އިޝާން
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް