އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގައި އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ނޭޓޯގެ ގައުމުތަކުން އެއްބާރުލުން ނުދޭކަމަށް ވިދާޅުވެ، އެ ގައުމުތަކަށް ދޭ އަސްކަރީ އެހީތެރިކަން ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.
އިއްޔެ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއިން ނޭޓޯއަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނައިރު، ކުދިކުދި ކަންކަމުގައި އެމެރިކާއަށް އެހީތެރިވުމަށް ނޭޓޯގެ މެންބަރު ގައުމުތަކުން ދެކޮޅުހަދައެވެ. އެހެންކަމުން، ބޭނުންވެއްޖެ ހިނދެއްގައި އެ ގައުމުތަކަށް އެހީތެރިވުމަށް އެމެރިކާއިންވެސް ދެކޮޅުހަދާނެ ކަމަށް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި އިންޒާރަކީ ނޭޓޯގެ މުއާހަދާގެ ފަސްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަމާއީ ދިފާއީ އުސޫލުތަކާ ފުށުއަރާ ކަމެކެވެ. ނޭޓޯގެ އުސޫލުތައް ބިނާވެފައިވަނީ އެއް ގައުމަކަށް ދެވޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، އެކުގައި ދިފާއުވުމުގެ މައްޗަށެވެ. ނަމަވެސް، ޓްރަމްޕް ގެންދަވަނީ މި ގުޅުމަކީ މާލީ ގޮތުންނާއި އަސްކަރީ ގޮތުން ހަމަހަމަ ބަދަލުތަކެއް ލިބެންޖެހޭ މުއާމަލާތެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.
އީރާނުގެ މައްސަލައިގައި އެމެރިކާއާއި ނޭޓޯގެ ބައެއް ގައުމުތަކާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، ޓްރަމްޕްގެ މި އިންޒާރުގެ ސަބަބުން ވިލާތުގެ ސަލާމަތީ ކަންކަމާމެދު ސުވާލު އުފެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަތަކާއެކުވެސް، ކުރިއަށް އޮތް މަހު ތުރުކީވިލާތުގެ އަންކާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ސަމިޓުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް