މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިބްރާހީމް ޒިޔަތު އިސްތިއުފާ ދެއްވިކަން އެ ކުންފުނިން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.
އެނގިފައިވާ ގޮތުގައި ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުއެެވެ. އެކަމާ ގުޅޭ ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެމްޕީއެލްގެ ބޯޑުގެ އެގްޒެކުޓިވް މެންބަރުކަމުން އޭނާ ވަކިކޮށް، ހަމައެކަނި ޑެޕިއުޓީ ސީއީއޯއެއްގެ ގޮތުގައި ހަމަޖެއްސިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ހިނގި ބަދަލެކެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ޒިޔަތަކީ މީގެ ކުރިން މުހިންމު ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ކުރެއްވި ޒިޔަތު ވަނީ އެސްޓީއޯގައި 15 އަހަރު ދުވަހު ހިދުމަތްކުރައްވާފައެވެ.
ޒިޔަތު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމްޕީއެލްގެ ބޯޑަށް ވަނީ މުހައްމަދު ލަމްއާން އައްޔަންކުރައްވާފައެވެ. ލަމްއާނަކީ މީގެ ކުރިން އެމްއޭސީއެލްގެ ޑެޕިއުޓީ ސީއީއޯކަމާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމުގެ އިތުރުން މިފްކޯގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އަލީ ޔާމިން
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް