އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުން އިތުރު ވެފައިވާތީ އެ ކަންތައް ހުއްޓުވުމަށް ފިޔަަޅު އެޅުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގައި މަޝްވަރާ ކޮށްފިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި މައްސަލައަށް މަޝްވަރާކުރަން ހުޅުވައިލި ފުރުސަތުގައި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، އެކަންތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ދަށުން އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވުމުގެ ގަވާއިދު ތަންފީޒުވާ މިންވަރު ބަލަންޖެހޭ ކަމަށެވެ.
އޭގެ އިތުރުން ރާއްޖެ އާއި ރާއްޖޭގެ ސަގާފަތާއި އިސްލާމްދީން ރަމްޒު ނުވާގޮތަށް، ދިވެހި ސަރުކާރު ނިސްބަތްވާ ބޮޑެތި ކުންފުނިތަކުގެ ސްޕޮންސާ އިސްތިހާރުތައް ބައްޓަން ކުރާ މައްސަލަ ކޮމިޓީން ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ބަރަހަނާ މަންޒަރުތައް ފެންގޮތަށް، ނުވަތަ އެފަދަ މަންޒަރުތައް ދޭހަވާގޮތަށް ކުރެވޭ ބޮޑެތި ސްޕޮންސާ އިޝްހާރުތައް ހުއްޓުވުމާބެހޭގޮތުން އެފަދަ އިދާރާތަކާއި ކޮމިޓީން ބައްދަލު ކުރުމަށްވެސް މެންބަރު ހުށަހެޅުއްވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް