ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމާއެކު، ދުނިޔޭގެ ޑިޖިޓަލް އިގުތިސޯދުގައި ދިވެހީންގެ ބައިވެރިވުން އިތުރަށް ފުޅާކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ދިގު އިންތިޒާރަކަށް ފަހު، އުރީދޫ މޯލްޑިވްސްގެ ޕާޓްނަޝިޕާއެކު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް މިއަދު ވަނީ ތައާރަފުކޮށްފައެވެ.
މި މުހިންމު ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ޕޭޕަލް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، މިއަދަކީ ރާއްޖެއަށް އާ ސަފުހާއެއްގެ ފެށުން ކަމަށާއި ޕޭޕަލްގެ ހިދުމަތާއެކު މުޅި ދުނިޔެ ދިވެހީންގެ އިނގިލި ކުރިއަށް އައިސްފައިވާ ކަމަށެވެ.
"މިއަދަކީ އިންތިޒާރެއްގެ ނިމުމެއް، ދުނިޔެ މިހާރު މި އޮތީ އަޅުގަނޑުމެންގެ އިނގިލި ކުރީގައި،" ދިހަ އަހަރުގެ ދިގު އިންތިޒާރަށް ނިމުން އައިސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ކޮންޓެންޓް ކްރިއޭޓަރުންނަށާއި ފްރީލާންސަރުންނަށް ހުޅުވިގެންދިޔަ ވަރަށް ބޮޑު ފުރުސަތެކެވެ.
ރާއްޖެއަށް ޕޭޕަލް ގެނައުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ސައީދު ވިދާޅުވީ، ޕޭޕަލް ކުންފުންޏަށް ސަރުކާރުން ސީދާ ހުށަހެޅުންތައް ހުށަހެޅުމާއި ޓެސްޓިންގެ މަރުހަލާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ އެ ގޮތުން ކުރެވުނު ބައެއް މަސައްކަތްތައް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޕޭޕަލް ރާއްޖެއަށް ތައާރަފްކުރެވުމާއެކު ބައިނަލްއަގުވާމީ މާކެޓުގައި ދިވެހި ވިޔަފާރިތަކަށް ވާދަކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.
އަލީ ޔާމިން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް