މާލެ މާފަންނު ރަސްފަންނާ ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެފައިވާތީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ، ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާތީ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދު ސާފުކޮށް ނިމެންދެން މޫދަށް ނޭރުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިން ވެސް އެ ސަރަހައްދު މޫދުގެ ބައެއް ހިސާބުތަކުގައި ތެޔޮ ހުރެގެން ބަންދުކޮށް، ސާފުކޮށްފައިވެއެވެ.

ރަސްފަންނު މަރާމާތުކުރުމަށްޓަކައި މިދިޔަ އޭޕްރީލް މަހު ބަންދު ކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެންނެވެ.