ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ފުލުހުން މެދުވެރިކޮށް ބަލަހައްޓަން ފަށާފައިވާ ކަމަށް އެންވައިރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
މިއީ އެ ސަރަހައްދު ބެލެހެއްޓުމުގައި ފުލުހުންގެ އެހީތެރިކަން ހޯދާ ފުރަތަމަ ފަހަރެވެ.
އެ ސަރަހައްދަކީ އާންުމުކޮށް އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ފެހުރިހި ފެންނަ ސަރަހައްދެކެވެ. އެހެންކަމުން، ދުނިޔޭގެ ފެންވަރުގައި އެ ތަންވަނީ ފާހަގަކޮށްލެވޭ މުހިންމު ސަރަހައްދަކަށްވެފައެވެ.
އެންވައިރަންމަންޓް މިނިސްޓްރީން އިއްޔެ ބުނީ، ސަމްޕާ ސަރަހައްދަށް ވަދެ ނުކުމެވޭނެ ގިނަ މަގުތަކެއް ހުންނަ ތަނަކަށް ވުމުން، އާދައިގެ ގޮތްތަކަށް އެތަން ބެލެހެއްޓުމަކީ އިދާރީ ގޮތުން ބޮޑު ގޮންޖެހުމެއް ކަމަށެވެ.
މިނިސްޓްރީން ވަނީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އަންގާފައިވާ ގަވައިދުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.
އޭގެތެރޭގައި އުޅަނދުތަކަކީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ވުމާއި ރަޖިސްޓްރީކޮށްފައިވާ ގައިޑުންގެ އެހީތެރިކަން ހޯދުމާއި އެ ސަރަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުން ހިމެނެއެވެ. އަދި ލައިވް ލޮކޭޝަން ހިއްސާކުރުމަށާއި މިމަހުގެ ނިޔަލަށް އުޅަނދުތަކުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ކަވަރު ހަރުކުރުމަށް މިނިސްޓްރީން އަންގާފައިވެއެވެ.
އެ ސަރަހައްދު އިތުރަށް ހިމާޔަތް ކުރުމަށް މި އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު "ޓެކް-ފޯ-ނޭޗާ"ގެ ނަމުގައި ހާއްސަ މަޝްރޫއެއް ވަނީ އިފްތިތާހުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެހުރިހީގެ އާބާދީ ހިމާޔަތްކުރުމާއި ރޭންޖަރުންނަށް ޑިޖިޓަލްކޮށް މޮނިޓާ ކުރެވޭނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
އޭގެ ސަބަބުން އެ ސަރަހައްދުގެ ދިރުންތަކުގެ މައުލޫމާތު އެއްކުރުން ހަރުދަނާވެ، އައިޔޫސީއެންގެ "ގްރީން ލިސްޓް" އަށް އެ ސަރަހައްދު ހޮވުމަށް ބޭނުންވާ ދިރާސީ މައުލޫމާތު ލިބިގެންދާނެއެވެ. އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިން މެނޭޖުކުރުމާއި ކަނޑައަޅާފައިވާ ގަވައިދުތަކަށް އަމަލުކުރޭތޯ ބެލުމެވެ.
އޭގެ އިތުރުން، އެ ސަރަހައްދުގެ މޫދުގައި ހަރަކާތްތެރިވާ އިރު ކަނޑައެޅިފައިވާ އަހުލާގީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި ރައްކާތެރިކަން އިސްކުރުމަށް އެންވައިރަމަންޓް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް