ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އައްޔަން ކުރައްވައިފިއެވެ.
އެލްޖީއޭގެ ރައީސްގެ މަގާމަށް ޒަރީރު އައްޔަން ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމުގެ އިހުތިޔާރު ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މި ސަރުކާރު ފެށުނުއިރު އެލްޖީއޭގެ ރައީސްކަން ފުރަތަމަ ކުރެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރެވެ. ނަމަވެސް، ފަހުން ގެނައި އިދާރީ ބަދަލުތަކުގެ ތެރޭގައި އެ މިނިސްޓްރީ ވަނީ އުވާލާފައެވެ.
މުހައްމަދު އިޝާން
އެލްޖީއޭ
އެލްޖީއޭ
އެލްޖީއޭ
އެލްޖީއޭ