ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށްފިއެވެ.
މިފްކޯއިން މިއަދު މަސް ގަންނަނީ 20 ރުފިޔާ އަށެވެ.
މިފްކޯއިން ބުނީ، ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ގާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގއ. ދާންދޫ އަދި ފުވައްމުލަކު ސިޓީގެ ބަނދަރުން 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި މަސް ގަންނާނީ 20 ރުފިޔާ އަށް ކަމަށެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި 25 ރުފިޔާއަށް ކަމަށެވެ.
މަހުގެ އަގު 20 ރުފިޔާ އަށް ބޮޑުކުރުމަކީ ސަރުކާރުގެ އަމާޒެކެެވެ.
ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ބޭންކުތަކުން ލޯނު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ކެޕޭސިޓީ އިތުރުކުރުމާއެކު މަސްވެރިންނަށް މިހާރު ގަވައިދުން ފައިސާ އަންނަނީ ދެމުންނެވެ.
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯ