ފަސް ސެޓަށް ދިޔަ ފްރެންޗް އޯޕަން ފައިނަލް ކާމިޔާބުކޮށް، އެލެކްޒެންޑާ ޒްވެރޭވް، އޭނާގެ ކެރިއަރުގައި ފުރަތަމަ ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ޖަރުމަނު ތަރި ޒްވެރޭވް ފައިނަލުގައި ވާދަކުރީ ފްލާވިއޯ ކޮބޮލީއާ ދެކޮޅަށެވެ. ފަސް ސެޓަށް ދިޔަ މެޗުގެ ސެޓުތައް ދިޔައީވެސް ކައިރި ކައިރިންނެވެ. ފުރަތަމަ ސެޓު ޒްވެރޭވް 6-1 އިން ގެންދިޔަ ނަމަވެސް ކޮބޮލީ ވަނީ ދެވަނަ ސެޓު، 4-6 އިން ގެންގޮސްފައެވެ.

ދެން ކުޅުނު ސެޓު އަނެއްކާވެސް ޒްވެރޭވް ގެންދިޔަ އިރު، އެ ސެޓު ގެންދިޔައީ 6-4 އިންނެވެ. ދެބަނަ ކުޅުނު ސެޓު ޓައި ބްރޭކަށް ގޮސްގެން 6-7 (5-7) އިން ކޮބޮލީ ގެންދިޔަ ނަމަވެސް ފަހު ސެޓުގައި ޒްވެރޭވް ވަނީ ތަފާތު ދައްކައި، 6-1 އިން ސެޓު ކާމިޔާބު ކޮށްފައެވެ.

މީގެ ކުރިން ޒްވެރޭވް ވަނީ ތިން ގްރޭންޑް ސްލޭމް ފައިނަލެއްގައި ކުޅެފައެވެ. އެ ތިން ފަހަރުވެސް ނާކާމިޔާބުވެފައިވާ އިރު، މިފަހަރު އޭނާއާ ދެކޮޅަށް ނުކުތް ކޮބޮލީއަަށް ރޭގެ މެޗަކީ ފުރަތަމަ ފައިނަލެވެ.