ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށްފިއެވެ.
މިއަދު މިފްކޯއިން މަސް ގަންނަނީ، 18.50 ރުފިޔާ އަށެވެ.
މިފްކޯއިން ބުނީ، ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ގާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ އަދި އިހަވަންދޫ އާއި ފުވައްމުލަކު ސިޓީގެ ބަނދަރުން މިއަދު 18.50 ރުފިޔާ އަށް މަސް ގަންނާނެ ކަމަށެވެ.
މަހުގެ އަގު 20 ރުފިޔާ އަށް ބޮޑުކުރުމަކީ ސަރުކާރުގެ އަމާޒެކެެވެ.
ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ބޭންކުތަކުން ލޯނު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ކެޕޭސިޓީ އިތުރުކުރުމާއެކު މަސްވެރިންނަށް މިހާރު ގަވައިދުން ފައިސާ އަންނަނީ ދެމުންނެވެ.
އަލީ ޔާމިން
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯ