އަމިއްލަ ކުންފުޏެއް ކަމަށްވާ ސުވެނިއާ މެރިން ޕްރައިވެޓް ލިމިޓެޑަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ފެނަކައި ގެ "މާވަށި ދޯނި" މަރާމާތު ކުރުމުގެ މަސައްކަތް، ސުވެނިއާ މެރިން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމުން އެ މަސައްކަތް ނިންމަފައިވީ ނަމަވެސް އެއްބަސްވެފައިވާ އަގުކަމަށްވާ 753،638 ރުފިޔާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް މެރިން ޕްރައިވެޓް ލިމިޓެޑުން ދައުވާކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލައަށް ޖަވާބުދާރީވަމުން ފެނަކައިން ބުނެފައިވަނީ އެ ފައިސާ އަކީ އެ ކުންފުނިން ދޭންޖެހޭ ފައިސާއެއް ކަމަށް އެއްބަސްވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ހުކުމް ކުރާ ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރާނެ ކަމަށް ވެސް ބުންޏެވެ.
ފެނަކައިން އެއްބަސްވި ގޮތަށް ހުކުމް ކޮށްދިނުމުގައި އިއުތިރާޒެއް ނެތް ކަމަށް މެރިން ޕްރައިވެޓް ލިމިޓެޑުން ކޯޓުގައި ބުންޏެވެ.
އެހެންކަމުން ދެ މަސް ދުވަހުގެ ތެރޭގައި އެންމެހާ ފައިސާއެއް ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން