ކުރީގެ އަނބިމީހާ އެހެން މީހަކަށް ވިއްކާލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ، އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކަމުންދާ ކަމުގެ ޝަކުވާ މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، އޭނާ އެހެން މީހަކަށް ވިއްކާލާނެ ކަމުގެ އިންޒާރު ކުރީގެ ފިރިމީހާ ދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ބިރުދެއްކުމުގެ އަމަލެއް ހިމެނުނު ކަމުގައިވިޔަސް، ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ކުރެވިފައެއް ނުވާކަމަށް ފުލުހުން ބުންޏެވެ.
އަދި މިއީ އިންސާނީ ވަގުފާރީގެ އަމަލެއް ހިނގާފައިވާ މައްސަލައެއް ނޫން ކަމަށާއި، އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް