ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅުވައިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ
މި ހަރަކާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަހާ ދިމާކޮށް، އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި މަހާސިންތާގެ ހާއްސަ އެއް ކަމަކީ، މަސްޖިދުލްހަރަމްގެ އިމާމް، ޝެއިހު ޑރ. ޔާސިރް އައްދައުސަރީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާފައިވުމެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މަހާސިންތާގައި ޖުމްލަ 1,000 ބައިވެރިން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ޒުވާން އިމާމުންނާއި، ހަތީބުންގެ އިތުރުން ރާއްޖޭގެ ޒުވާން ހާފިޒުންވެސް ހިމެނެއެވެ.
އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުންނަށް މާލެ އައިސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގައި 532 ޒުވާން ހަތީބުން އެބަތިއްބެވެ. އަދި ރަޖިސްޓްރީވެފައިވާ ހާފިޒުންގެ އަދަދަކީ 307 އެވެ. ސަރުކާރުގެ އަމާޒަކީ މި މަހާސިންތާ ފެށުމުގެ ކުރިން ޒުވާން ހަތީބުންގެ އަދަދު 1,000 އަށް ބޮޑުކުރުމެވެ.
މި މަހާސިންތާގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަސްތެރޭގައި އާންމުކޮށް ހުޅުވާލާނެއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު